ޤުރުއާން ހިތުދަސް ކުރުމަށް ބާރުއަޅުއްވައި އެފުރުސަތުގެ ބޭނުން ހިފުމަކީ ލިބޭ ރަނުގެ ފުރުސަތެއް: އަފްރީން

Advertisement

Advertisement

އެންމެ ފަސް

Advertisement

ޤުރުއާން ހިތުދަސް ކުރުމަށް ބާރުއަޅުއްވައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގައި ބައިވެރިވެ، އެފުރުސަތުގެ ބޭނުން ހިފުމަކީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހަންމަދު ވިދާޅުވެއްޖެ އެވެ.

އަފްރީން މިހެން ވިދާޅުވީ، 1445 ވަނަ އަހަރުގެ ރަމަޟާން މަހު ދަރަޖަ ލާނިންގް ސެންޓަރާއި ރައުޟާ ލިލް ޙައްޖި ވަލް ޢުމްރާ ގުޅިގެން ކުރިއަށްގެންދިޔަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

އަފްރީން ވިދާޅުވީ، ގުރުއާންގެ އިލްމު ފުޅާކޮށް ތަރަށްގީކޮށް އެ ދާއިރާއިން ދަރިވަރުންނަށް ފަހި ފުރުސަތުތަށް ހޯދައިދިނުމަށް މި ސަރުކާރުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި ހާއްސަ ސަމާލުކަމެއް އެކަމަށް ދެއްވާ ކަމަށެވެ.

“ ހިލޭ ކީރިތި ގުރުއާން ކިޔަވައިދޭން ދަސްކޮށްދޭ ކްލާސްތަށް އިތުރުވެ ގުރުއާން ހިތުދަސްކުރުމަށް ދަރިވަރުންނާއި ބޮޑެތިމީހުންނަށްވެސް ހިއްވަރު ދިނުމަށް ސަރުކަރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރަށްވަމުން.“

އަފްރީން ވަނީ، މީގެ އިން ކޮންމެ ފުރުސަތަކީ ގުރުއާނުގެ ދާއިރާއިން ހުނަރުތަށް ތަރަށްގީކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވެފަ އެވެ.

ކީރިތި ގުރުއާނަށް ދަރިވަރުންގެ ހިތުގައި ލޯބި ޖައްސައި އެ ކުދިންނަށް ހިއްވަރު ދިނުމަށް އެ ކުދިންގެ މައިންބަފައިން ކުރަށްވާ ބުރަ މަސައްކަތް ފާހަގަ ކުރަށްވައި އަފްރީން ވިިދާޅުވީ، ތުއްތު އިރުންސުރެ ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖައްސުވައި ގުރުއާން އުނގައްނައިދީ އަދި އެ އިލްމަށް އެ ކުދިން ފަރިތަކުރެއްވުމަށް ހިތްވަރުދީފަ އެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ