ފެނާއި، ނަރުދަމާގެ ހިދުމަތް ހަރުދަނާކުރުމަށް ލޯކަލްގަވަމެންޓް މިނިސްޓްރީ އާއި އެންވައިރުމެންޓް މިނިސްޓްރީން މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެނާއި، ނަރުދަމާގެ ހިދުމަތް ހަރުދަނާކުރުމަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީ އާއި އެންވަޔަރަންމެންޓް މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ލޯކަލް ގަވަރމެންޓް މިނިސްޓްރީން މިކަން ހާމަކުރީ އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ، ފެނާއި، ނަރުދަމާގެ ޚިދުމަތް ހަރުދަނާކުރުމުގައި ކައުންސިލުގެ ދައުރު އިތުރުުވުމާއި، ކައުންސިލުތަކާއި މަސްލަޙަތުވެރިންނާއެކު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ގާތުން ވިލަރެސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެންވަޔަރަންމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވަނީ، އިސްތަންބޫލް މެޓްރޮޕޮލިޓަން މުނިސިޕަލިޓީއާ ދެމެދު ރާއްޖޭގެ ފެނުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފަ އެވެ.

މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ ފެނުގެ ދާއިރާ ކުރިއެރުވުމަށް ދެ ފަރާތުން މަސައްކަތްކުރާނެ ކަމަށް ބެލެވެ އެވެ. އިސްތަންބޫލް މެޓްރޮޕޮލިޓަން މުނިސިޕަލިޓީއަކީ ފެނުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތަކަށްވާތީ، އެ ފަރާތުގެ ތަޖުރިބާއާއި ހުނަރު ރާއްޖެއަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުންޏެވެ.

އަދި މީގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ފެނާއި ނަރުދަމާގެ 22 މަޝްރޫއެއް އެމްޑަބްލިޔުއެސްސީގެ ދަށަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

 

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ލޯކަލް ގަވަރމެންޓް މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ