ސްޓެލްކޯގެ އިމާރާތްތައް ފޮޅާ ސާފުކުރުން ވެމްކޯއާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި އެ ކުންފުނީގެ އިމާރާތްތަކާއި ސްޓެލްކޯ ހިޔާގެ 2 ޓަވަރު ފޮޅާ ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ވެމްކޯއާ ޙަވާލުކުރުމަށް ދެ ކުންފުނީގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު އެވެ. މި އެއްބަސްވުމުގެ ދަށުން ވެމްކޯގެ ”ހޮބާ“ ޚިދުމަތް ސްޓެލްކޯއަށް ލިބިގެންދާނެ އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވި ގޮތުގައި، ސްޓެލްކޯއަކީ އެ ކުންފުނީގެ އިމާރާތްތައް ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ހެޑް އޮފީހާ އެއް ފެންވަރެއްގައި ސްޓެލްކޯގެ ހުރިހާ އިމާރާތްތަކެއް ބެލެހެއްޓުމަކީ އެ ކުންފުނީގެ އަމާޒެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ގިނަ އަހަރުތަކެއް ވެފައިވާ ސްޓެލްކޯގެ މައި އޮފީސް އިމާރާތަށް ބަލައިލުމުން އެނގޭ ގޮތުގައި، އެ ކުންފުނިން އިމާރާތްތައް ބެލެހެއްޓުމަށް ދޭ ސަމާލުކަން ވަރަށް ބޮޑެވެ. މި އެއްބަސްވުމާއެކު، ސްޓެލްކޯގެ އެހެން އިމާރާތްތަކުގެ ސާފުތާހިރުކަން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށައިގެން ކުރިޔަށްދާއިރު ސަރުކާރުގެ ހަ ތަނެއްގައި އެ ހިދުމަތް މިހާރު ދެމުން ގެންދާ ކަމަށެވެ. އަދި ޕައިޕްލައިންގައި ކުރިއަށް އޮތް ދެ މަސް ތެރޭގައި 10 ކުންފުންޏެއްގެ ފޮޅާސާފުލުރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީގެ ސަބަބުން ފުދޭވަރަކަށް އާމްދަނީ އިތުރު ކުރެވިގެންދާނެ ޖަލީލު ވިދާޅުވި އެވެ.

ހުސައިން ފަހުމީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ