ރާއްޖޭއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކުގައި ބައިވެރިވުމަށް ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ތައްޔާރަށް އޮތްކަމަށް އެ އެޖެންސީން ބުނެފި އެވެ.
ޔޫއެސް އެއިޑުން މިކަން ހާމަކުރީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޔޫއެސް އެއިޑްގެ އެޑްމިނިސްޓްރޭޓަ ސަމަންތާ ފަވަ އާ ދެ ބޭފުޅުން ބައްދަލު ކުރައްވާ ދެއްކވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫއެސް އެއިޑް ގެ އެޑްމިނިސްޓްރޭޓަ ވަނީ، ރާއްޖެއިން ހުށަހަޅާފައިވާ މުހިންމު ޕްލޭންތަކަށް ތައުރީފުކުރައްވާފަ އެވެ. އަދި މިފަދަ ތަފާތު މަސައްކަތްތަކުގައި ބައިވެރިވުމަށް ޔޫއެސް އެއިޑުން ތައްޔާރުކަމަށް އެކަމަނާ ވިދާޅުވި އެވެ. ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތްތައް ބޭނުންކުރެވޭނޭ މަގުފަހިކުރުމާއި، އޯޕަން ގަވަމަންޓް ޕާޓްނަޝިޕް (އޯޕީޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަރައްގީގެ ތަސައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނޭކަން ފާހަގަކުރައްވައި، މި ދާއިރާއިން ހުރި ފުރުސަތުތަކާމެދުވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ތަފާތު މައްސަލަތަކާމެދު އެކުގައި މަސައްކަތް ކުރައްވައި، ދެ ފަރާތަށް ފައިދާވާނޭ ފަދަ މަސައްކަތްތަކުގައި އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން އަރުވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އދ އދ ޔޫއެސް އެއިޑް ޕޭޕަލްގެ ހިދުމަތް



