ވާނުވާ މައްސަލަ ހައްލުކުރަން އައްބާސްގެ ރަނގަޅު ތަސައްވުރެއް އެބައޮތް: އަނާރާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޝަރީއަތް ނިމެންދެން ބަންދުގައި މީހުން ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފައިވާ އައްބާސް ޝަރީފްގެ ރަނގަޅު ތަސައްވުރެއް އެބައޮތް ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފް އައްޔަންކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ މައްސަލައިގެ ބަހުސް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގައި އައްބާސް ޝަރީފްގެ އިންޓަވިއު ކުރިއަށް ގެންދިޔައިރު ވަރަށް މުހިންމު ދެ ދާއިރާއަކާއި ގުޅޭގޮތުން ސުވާލު ކޮށްފައިވާނެކަމަށެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި މީހުން ގިން ދުވަހު ތިބެންޖެހޭ މައްސަލައިގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތުމުން އެކަމުގައި ސުވާލު ކޮށްފައިވާނެ ކަމަށް އަނާރާ ވިދާޅުވިއެވެ. އަދި އެ މުއްދަތު އަވަސް ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ރަނގަޅު ތަސައްވުރެއް އޮތްކަމަށް އަނާރާ ވިދާޅުވިއެވެ.

ދައުވާ އުފުލުމުގައި ހަމަހަމަކަމާއި އިންސާފު ގާއިމު ކުރުމަކީވެސް މުހިންމު ކަމެއްކަމަށް އަނާރާ ވިދާޅުވިއެވެ. މީގެކުރިން ސިޔާސީ ދައުވާ ކުރާ ކަމަށް ރައްޔިތުން ތުހުމަތު ކުރާ ކަމަށާއި މުސްތަގުބަލުގައި އެފަދަ އަޑެއް އިވެން ބޭނުންނުވާކަން ފާހަގަ ކުރެއްވިއެވެ. އަދި ސަރުކާރުންވެސް މިހާރު އަދުލުއިންސާފުގެ ދާއިރާ ފުރިހަމަ ކުރުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަލަށް އައްޔަނު ކުރެވޭ ޕީޖީގެ ފަރާތުންވެސް ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފު ހޯދަދިނުމަށް މަސައްކަތް ކުރާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ރައްޔިތުންގެ މަޖިލިސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) ޖުޑިޝަރީ ކޮމިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ