ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ދީނާއި ހިލާފު ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.
ފަޒާދު މިހެން ވިދާޅުވީ ’އަދަދު‘ ނޫހުން ޝާއިރު ކުރި ވީޑިއޯ ރިޕޯޓަކާ ގުޅިގެންނެވެ.
ފަޒާދު ވިދާޅުވީ ’އަދަދު‘ ނޫހަށް ބަލާލުމުންވެސް އެއީ ދޮގެއްކަން އިނގޭ ކަމަށެވެ. އެ ނޫހުގެ ވީޑިއޯ ރިޕޯޓުގައި މެންބަރުންނަށް 50،000 ރުފިޔާ ދިން ކަމަށް ބުނެފައިވާ އިރު އެ ނޫހުން ލިޔުނު ހަބަރުގައި 75،000 ރުފިޔާ ދިންކަމަށް ބުނެފައިވާކަމަށް ފަޒާދު ވިދާޅުވި އެވެ.
އަދަދު ނޫސް އެއްކޮށް ބަލާލީމަވެސް އެބަ އިނގޭ މީ ދޮގެއްކަން. އެމީހުންގެ ވީޑިއޯގަ ބުނަނީ ބައިލައްކަ ރުފިޔާ އޭ. އެމީހުންގެ އޮންލައިން ބައިގެ ހެޑްލައިންގަ މި އިންނަނީ 75،000 ދިނޭ.
އެހެންކަމުން މިއީ ދޮގު ވާހަކަތަކެއްކަން ކަނޑައެޅިގެން އިނގޭކަމަށް ފަޒާދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒަކީ ދީނާ ހިލާފު ކަމެއް އަދި ގައުމައް ގެއްލުން ހުރި ކަމެއް ކުރައްވާނެ ބޭފުޅެއް ނޫންކަން ޔަގީންކަމަށް ފަޒާދު ވަނީ ވިދާޅުވެފަ އެވެ. ފަޒާދު ވިދާޅުވީ ރައީސް މުއިއްޒު ކޮރަޕްޝަނަށް މަގުފަހި ވާނެކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތްކަމަށެވެ.
ފަޒާދު ވިދާޅުވީ މިއީ ބޮޑު ޖޯކެއް ކަމަށާއި މިއަށް ވުރެ ޒިންމާދާރު ނޫސްވެރިކަމެއް ކުރަން ޖެހޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު



