2025 ވަނަ އަހަރުގެ އޭޕީއޭޕީ ޓެކްނިކަލް ބައްދަލުވުން ރާއްޖޭގައި ބާއްވާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު “ސެލެބްރޭޓިންގ ދަ ޑެކޭޑް އޮފް އެޑްވާންސިންގ ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ” ގެ ނަމުގައި ބޭއްވުނު ސައިޑް އިވެންޓްގެ ރިޔާސަތު ބަލަހައްޓަވަމުން ނެވެ. ރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓީ އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ)ގެ ބައި-ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ނެވެ.
މި އިވެންޓަކީ އޭޝިއާގެ ސަރަހައްދުގައި ރައްކާތެރިކުރެވިފައިވާ ސަރަހައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވުނު ހާއްސަ އިވެންޓެކެވެ.ސަ
މި އިވެންޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ 2025 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އޭޕީއޭޕީ ޓެކްނިކަލް މީޓިންއަށް ސަޕޯޓްކުރުމަށް ހުރިހާ މެންބަރު ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
”ރާއްޖެއަށް ޒިޔާރަތްކޮށް، މުރަކަތަކުން ހެދިފައިވާ ޖަޒީރާ ގައުމެއްގެ ތަފާތު ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ނެޓްވޯކް ތަޖުރިބާ ކުރުމަށް ތިޔަ އެންމެންނަށް ދައުވަތު ދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް“
މީގެ އިތުރަށްވެސް، މިނިސްޓަރު ވަނީ ރާއްޖޭގެ ތިމާވެށްޓާއި ބެހޭ ވުޒާރާއިން މިހާރު ތިބީ ކުރިއަށް އޮންނަ އޭޝިއާ ޕާކްސް ކޮންގްރެސް ޕްލޭން ކުރުމުގެ ތައްޔާރީ މަރުހަލާގައިކަން ހާމަކުރައްވާފަ އެވެ. އެއާއެކު، އޭޝިއާ ޕާކްސް ކޮންގްރެސް ހޯސްޓު ކުރަން ޝައުގުވެރިވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭޝިއާއަކީ ބަޔޯޑައިވާސިޓީގެ މުހިންމު ސަރަހައްދުތައް ހުންނަ ބައްރަކަށްވީތީ ތިމާވެށީގެ މުހިންމު ތަންތަން ހިމާޔަތްކުރުމަށް އެންމެންވެސް ގަދައަޅައި މަސައްކަތް ކުރުމަށް މިނިސްޓަރުގެ ތަގްރީރުގައި ގޮވާލައްވާފައި ވެއެވެ. އަދި މާކަނޑުގެ ސަރަހަައްދު ހިމާޔަތްކުރާ މުއާހަދާގައި އެހެން ގައުމުތަކުންވެސް ބައިވެރިވުމަށް އިލްތިމާސްކުރެއްވި އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް