ފުވައްމުލަކުގައި އެންވާރަމަންޓް މިނިސްޓްރީއާ ގުޅޭ މުހިންމު ތަންތަނަށް މިނިސްޓަރު ޠާރިޤު ޒިޔާރަތް ކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިޓީތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކުގެ އެންވާރަމެންޓް މިނިސްޓްރީއާ ގުޅޭ މުހިންމު ތަންތަނަށް މިނިސްޓަރު ޠާރިޤު އިބްރާހިމް ޒިޔާރަތް ކުރައްވައިފި އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ފުވައްމުލަކު ނޭޗާ ޕާކަށާއި ފެނަކައަށާއި ފުވައްމުލަކު ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޠާރިޤުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ފުވައްމުލަކު ސިޓީގައި ހިނގަމުންދާ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަޝްރޫޢުތަކުގެ މަސައްކަތް ބައްލަވާލެއްވުމާއި، އަދި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެވެ.

މިނިސްޓަރު ޠާރިޤު ވަނީ މި ދަތުރުފުޅުގައި އެންމެ އިސްކަން ދެއްވާނީ އެ ވުޒާރާގެ މެންޑޭޓުގެ ދަށުގައިވާ ވެމްކޯ އަދި ފެނަކައަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދެއްވުމަށް ކަމަށެވެ.

އެގޮތުން ފުވައްމުލަށް ފެނަކަ ބްރާންޗަށް ޒިޔާރަތްކޮށް ޠާރިޤު ވަނީ ފުވައްމުލަކުގައި ހުރި ފެނަކައިގެ އެކި ވަސީލަތްތައް ބައްލަވާލައްވާފަ އެވެ.

މުޅި ރާއްޖޭގައި ފެނަކައިން ދެމުންގެންދާ ޔުޓިލިޓީ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން ދަނީ ފެނަކައާ ގުޅިގެން މަސައްކަތްކުރަމުން ނެވެ. މިގޮތުން ދެ މުއައްސަސާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމާއި، ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުން ހިމެނެ އެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ފުވައްމުލަށް ސިޓީގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ސިޓީގެ ރައްޔިތުންނާއެކު ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ބައްދަލުވުމެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް މަައުލޫމާތު ލިބިފައި ވެއެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފެނަކަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ