އިހަވަންދިއްޕޮޅު ސަރަހައްދުގައި އޮފް ޕޯޓް ލިމިޓްސް (އޯޕީއެލް) ހިދުމަތް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ.
މި އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލް ހިދުމަތް ދިނުމަށް ދެ ކުންފުނިން އެއްބާރުލުން ދިނުމަށް ނިންމާފައިވެ އެވެ.
އޯޕީއެލްގެ ހިދުމަތަކީ ދަތުރު ކުރަމުންދާ ބޯޓެއް ޕޯޓަކަށް ބަނދަރު ނުކޮށް އެ ބޯޓަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ބޭނުންވާ ސްޕެއާ ޕާޓްސްއާއި ސާމްޕަލް ނެގުން ފަދަ ހިދުމަތްތައް ހިމެނެ އެވެ. މި ހިދުމަތް ދޭނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދާ ނުވަތަ ބަނދަރަކަށް ވަންނަން ބޭނުން ނުވާ އުޅަނދުތަކުގެ ތެރެއިން މި ހިދުމަތަށް އެދޭ އުޅަނދުތަކަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)