ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދި މައްސަލައިގައި 5 ޖަލު އޮފިސަރަކަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކަރެކްޝަންސްގެ މުވައްޒަފުންތަކެއް އެ ސާވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާ ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ހިންގައި އެ އޮފީހަށް މައްސަލަ ހުށަހަޅާފައި ވާކަމަށެވެ.
މި މައްސަލައިގައި 5 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް އެ އޮފީހުން ބުނެ އެވެ.
ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމާއި ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމްގެ ނަމާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤުގެ މައްޗަށެވެ.
މި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޕީޖީން ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެއީ ޖިނާޙް ޢަބްދުއްރަޙީމާއި ޢަލީ ހިޝާމް އެވެ.
މި ފަސް މީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ ބާކީ މީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އަދި އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށާއި ތަހުގީގު ނިމުމުން ތުހުމަތު ކުރެވޭ އިތުރު މީހުންނާ މެދު ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެކަމަށް އެ އޮފީހުން ބުނެ އެވެ.
ފުލުހުންގެ ތަހުޤީޤަށް ފާހަގަކުރެވުނު ކަންކަން:
- 18 މުވައްޒިފެއްގެ އެކައުންޓަށް ފައިސާ ވަދެފައިވޭ
- އެއް މުވައްޒިފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވޭ
- 18 މުވައްޒިފުންގެ އެކައުންޓަށް ޖުމްލަ 73 މިލިއަން ރުފިޔާ ވަދެފައިވޭ
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދި މައްސަލައިގައި ޖުމުލަ 13 އޮފިސަރުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓު މަނީ ލޯންޑަރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ދިވެހި ފުލުހުންގެ ޚިދުމަތް