ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ދައުރުން ބޭރުން ދެ ޖަލްސާ ބާއްވާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ދައުރުން ބޭރުން ދެ ޖަލްސާ ބާއްވާނެކަމަށް މަޖިލީހުން ބުނެފި އެވެ.

މަޖިލީހުގެ ރޭގެ ޖަލްސާގައި ވަނީ ޕީޖީ ހުސެއިން ޝަމީމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފަ އެވެ.ޕީޖީ ޝަމީމް މަގާމުން ވަކި ކުރުމަށް ފެންނަކަމަށް 65 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަކަމަށް 9 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަށް ވޯޓު ދެއްވަން ބޭނުން ނުވާކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

މަޖިލީހުން މި ނިންމުން ނިންމުމުގެ ކުރިން ޕީޖީ އޮފީހުން ވަނީ ޕީޖީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވިކަމަށް ބުނެފަ އެވެ.

ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕީޖީގެ އިސްތިއުފާގެ ސިޓީ ރައީސަށް ލިބުމުން އެ ސިޓީ ލިބުނުކަން މަޖިލީހުގެ އިދާރާއަށް އަންގާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެން ދެން ބެލުމަށް ފަހު ވޯޓު ނަގާފައިވަނީ އެ ސިޓީ ރައީސަށް ލިބިފައި ނުވާކަމަށް ރައީސް އޮފީހުން ބުނުމުންނެވެ.

ޖަލްސާ ނިންމަވާލައްވަމުން ނާޒިމް ވިދާޅުވީ ޕީޖީގެ މަގާމު ހުސްވުމުން ޕީޖީގެ ގާނޫނުގައިވާ އިޖުރާއަތްތަކެއް ފެށޭ ކަމަށެވެ. އަދި އެ ގާނޫނުގައި އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެކަމަށް ބުނެފައިވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް މީހަކު އައްޔަން ކުރެއްވުމަށް ނަން ފޮނުވުމުން އެ ނަން މަޖިލީހުގައި އިއްވުމަށް ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށާއި އެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓިއަށް ފޮނުވުމަށްފަހު ކޮމިޓީން ނިންމާ ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާ އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ޖަލްސާއެއް ބާއްވަން ޖެހޭ ކަމަށެވެ. އަދި ޖަލްސާ އެޖެންޑާ ކުރާ ދުވަހުގެ ތިން ދުވަސް ކުރިން މެންބަރުންނަށް ނޯޓިސް ފޮނުވާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައީސް އޮފީސް ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ