ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި ޕީޖީ ޝަމީމް މަގާމުން ވަކި ކުރުމަށް ފެންނަކަމަށް 65 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނުފެންނަކަމަށް 9 މެންބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަށް ވޯޓު ދެއްވަން ބޭނުން ނުވާކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.
މަޖިލީހުން މި ނިންމުން ނިންމުމުގެ ކުރިން ޕީޖީ އޮފީހުން ވަނީ ޕީޖީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވިކަމަށް ބުނެފަ އެވެ.
ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕީޖީގެ އިސްތިއުފާގެ ސިޓީ ރައީސަށް ލިބުމުން އެ ސިޓީ ލިބުނުކަން މަޖިލީހުގެ އިދާރާއަށް އަންގާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެން ދެން ބެލުމަށް ފަހު ވޯޓު ނަގާފައިވަނީ އެ ސިޓީ ރައީސަށް ލިބިފައި ނުވާކަމަށް ރައީސް އޮފީހުން ބުނުމުންނެވެ.
ރައްޔިތުންގެ މަޖިލިސް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް