މިއަދު ކުރިއަށް ދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ކާފަރުންގެ ބަޔަކު ހަދިޔާއަކަށް ދިން ރާ ފުޅިޔެއްގައި ހިފިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެއްބަސްވެ ވަޑައިގެންނެވިކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްސައްތާރު ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ޝަމީމަށް ކާފަރުންގެ ބަޔަކު ހަދިޔާއަކަށް ރާފުޅިޔެއް ދިންކަމަށް އިއުތިރާފްވެފައިވާ ކަމަށާއި އެ ރާފުޅިގައި ހިފިކަމަށްވެސް އެއްބަސްވެފައިވާ ކަމަށެވެ.
އަބްދުއްސައްތާރު ވިދާޅުވީ ހަމައެކަނި މިކަމަށް ބެލިކަމުގައި ވީނަމަވެސް ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ބައެއް މެންބަރުން ވަނީ އެ ރާ ފުޅިޔާއެކު ޕީޖީ ޝަމީމް ފޮޓޯ ނަގާ ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާކަމަށް އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ ޕީޖީ ޝަމީމާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގަ އެވެ.
ޕީޖީ ޝަމީމް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ބުނެ އެވެ.
ރައްޔިތުންގެ މަޖިލިސް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް