ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕީޖީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
މީގެ އިތުރުން ޕީޖީގެ މަގާމު ހުސްވެފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ދަށުން، ޕީޖީގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެ ވަޑައިގެން ހުންނެވީ ޑެޕިއުޓާ ޕީޖީ މަހުމޫދު ސަލީމުކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޝަމީމް މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ދަނީ ކުރިއަށް ގެންދަމުންނެވެ. މި ޖަލްސާގައި މެންބަރުން އަންނަނީ ޝަމީމްގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕީޖީގެ އިސްތިއުފާގެ ސިޓީ ރައީސަށް ލިބުމުން އެ ސިޓީ ލިބުނުކަން މަޖިލީހުގެ އިދާރާއަށް އަންގާނެ ކަމަށެވެ.
— އިތުރު ތަފްސީލް އަންނަނީ —