ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ދެކޮޅަށް މަސައްކަތް ކުރާ ޓާކްސްފޯހުގައި އިތުރު އިދާރާތަށް ހިމަނާ ޓާކްސްފޯސް ބޮޑުކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ހޯމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
އިހުސާން ވިދާޅުވީ ކުރިން މި ޓާކްސްފޯސްގައި ހިމެނެނީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި މި ޓާކްސްފޯސްއަށް ހެލްތް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިތުރުކޮށްފައިވާކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އަޅުގަނޑުމެންނަށް ފާހަގަވި ބައެއް ކަންކަމުގެ އަލީގައި އިއްޔެ ރައީސުލްޖުމްހޫރިއްޔާ އެންގުވުމަށް، މި ޓާސްކް ފޯސްގެ ކޮމްޕޮޒިޝަނަށް ބަދަލެއް ގެނެސްފައި ވަނީ، އެ ބަދަލަކީ ފުލުހުންނާއި އިމިގްރޭޝަން އިތުރުން، ސިއްހީ ވުޒާރާގެ ދަަށުން ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ވެސް ޓާސްކް ފޯސްގެ ތެރޭގައި ހިމެނުމާއި، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާވެސް މި ޓާސްކް ފޯސްގައި ހިމެނުން.
މި ދެ މިނިސްޓްރީން މި ޓާކްސްފޯސްގައި ބައިވެރިވުމުން ގަވައިދާ ހިލާފު ވިޔަފާރިތައް ހުއްޓުވަމަށާއި ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނާމެދު ފިޔަވަޅު އެޅުމުގައި އަވަސް ވެގެން ދާނެކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެއްސެއްގެ ނިވާފަތްގަނޑުގައި ތިބެ ބިދޭސީން ވިޔަފާރި ކުރާ ކަމަށާއި އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިހުސާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އިމިގްރޭޝަން މިނިސްޓްރީ އޮފް ހެލްތް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ދިވެހި ފުލުހުންގެ ޚިދުމަތް