ދިވެއްސެއްގެ ނިވަލުގައި ބިދޭސީއެއް މާލީ މަންފާ ނަގާނަމަ، ފިޔަވަޅު އަޅާނަން: އިކޮނޮމިކް މިނިސްޓްރީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެއްސެއްގެ ނިވަލުގައި ބިދޭސީއަކު މާލީ މަންފާއެއް ހޯދުމަށް ވިޔަފާރިއެއް ކުރާނަމަ، ފިޔަވަޅު އަޅާނެ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ އިކޮނޮމިކް މިނިސްޓްރީއާއި ސިއްހީ ވުޒާރާއާއި ހޯމް މިނިސްޓްރީން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ދިވެއްސެއްގެ ނިވާފަތްގަނޑުގައި ހުރެގެން ބިދޭސީއަކު މާލީ މަންފާއެއް ހޯދުމަށް ވިޔަފާރިއެއް ކުރާނަމަ އެ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިސްޓްރީން މިގޮތަށް ބުނީ މިފަހުން މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ އަދަދެއްގެ ބިދޭސީން ދެނެގަނެވިފައިވާތީ އެެވެ. އޭގެ ތެރެެއިން ގިނަ މީހުން ވިޔަފާރި އުސޫލުން ތައްޔާރުކުރާ ގިނަ އެއްޗެއްސަކީ މުޑުދާރު ގޮތަކަށް ތައްޔާރުކުރާ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑާއި އެއްގޮތަށް ނޫން ކަން އެ މުއައްސަސާތަކުން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރަށްވެސް، ޓާސްކް ފޯހުގެ މަސައްކަތުގެ ތެރެއިން ހުއްޓުވުމަށް ނިންމާ ތަންތަން އަލުން ރަޖިސްޓްރީކޮށްގެން ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރުމަށް ފުރުސަތުދެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވެސް ވިސާމް ވިދާޅުވި އެވެ. އަދި ގޭގައި ތައްޔާރުކުރާ އެއްޗެހިވެސް މީގެ ފަހުން ވިއްކޭނީ ރަޖިސްޓްރީކޮށްގެން ކަމަށްވެސް ވިސާމް ވިދާޅުވި އެވެ.

އެގޮތުން ވިފަދަ ބިދޭސީން ވަރަށް ގިނައިން ދިވެއްސެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓާކޮށް މަސައްކަތް ކުރާކަންވެސް މީގެ ކުރިން ވަނީ ފާހަގަ ކުރެވިފަ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖެއަށް އަންނަ ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް އިންސްޕެކްޓް ކުރެވުނު ނަމަވެސް، އޭގެ ފަހުން ކުރަންޖެހޭ އިންސްޕެކްޝަންތަކަށް އެކަށޭނަ މިންވަރެއްގެ ހިއުމަން ކެޕޭސިޓީއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް. އިމިގްރޭޝަން ވޮޗްއަށް 300 އެއްހާ މައްސަލަ މިހާތަނަށް ރިޕޯޓްކުރެވިފައިވާއިރު އެމައްސަލަތައް ބެލުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ