ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދެވެ.
މި އިސްލާޙު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހުު ހުށަހަޅާފައިވަނީ ރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަށެވެ.
އިސްލާހުގައި ބުނެފައިވަނީ މި ޤާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ ފަރާތްތަކަށް ސެކިއުރިޓީޒްގައި އިންވެސްޓްކުރެވިދާނެ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ބާވަތުގެ ސެކިއުރިޓީޒް އޮތޯރިޓީން ކަނޑައަޅަންވާނެ ކަމަށާއި އެކަން ކުރަންވާނީ ވަޒީރުގެ މަޝްވަރާއާ އެކު ކަމަށް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ އިގްތިސާދީ ހާލަތު މިނިސްޓްރީ އޮފް ފިނޭންސް