ބުޅާމަސް ފަދަ ބާވަތްތައް ވިއްކާކަން ފުރަތަމަ މިނިސްޓްރީއަށް ރިޕޯޓްކުރޭ: ހެލްތް މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ބުޅާމަސް ފަދަ ބާވަތްތައް ވިއްކާކަން ފުރަތަމަ ހެލްތް މިނިސްޓްރީއަށް ރިޕޯޓްކުރުމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގަ އެވެ.

ދާދި ފަހުން ބުޅާ މަސް އަޅައިގެން ކާނާގެ ބަވަތްތައް ވިއްކުމުގެެ ކުށުގައި ހައްޔަރުކުރި ބިދޭސީ މީހާގެ މައްސަލައިގައި އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް އިދާރާއަކަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަންތަނުގެ މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އެ އިދާރާއަށް އެޅޭނީ އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓް ކުރަން އުނދަގޫކަން ފާހަގަކުރައްވާފަ އެވެ. ވީމާ، ހެލްތް މިނިސްޓްރީން އެކަން ހައްލުކުރަން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”އަލަށް ފަސޭހައިން ރިޕޯޓްކުރެވޭނެ މެކޭނިޒަމެއް ގާއިމުކުރާނަން. މިހާރުވެސް އަޅުގަނޑުމެން ވާނީ އެމްއެފްޑީއޭއަށް ގުޅޭނެ ނަމްބަރެއް ގާއިމްކޮށްފަ. އެނަމްބަރުގެ ޒަރީޔާއިން ވަޓްސްއަޕް ނޫނީ ވައިބާ މެެދުވެރިކޮށް އެތަންތަނުގެ ފޮޓޯ ފޮނުވާ ހިސާބުން އަޅުގަނޑުމެން ފިޔަވަޅު އަޅާނަން“

މިކަމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީން މިކަމަށްޓަކައި ހާއްސަ ނަމްބަރެއް މިއަދުގެ ވަގުތެއްގައި އާންމުކުރާނެ ކަމަށް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ. އަދި އެޗްޕީއޭގައިވެސް ހާއްސަ ނަމްބަރުތަކެއް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު މައުލޫމާތުދެއްވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވާހަކަދައްކަވަނީ — ފޮޓޯ: ހެލްތު މިނިސްޓްރީ

މިނިސްޓަރު މިގޮތަށް ވާހަކަދައްކަވާފައިވާއިރު ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރި ބިދޭސީ މީހާގެ މައްސަލަ އެންމެ ފުރަތަމަ ބަލާފައިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތުން ނެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކަށްފަހު އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ނެވެ.

ބުޅާ މަސް ވިއްކާ މީހާއާއި ބެހޭ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުމުން މިނިސްޓްރީން އެތަންތަން ބަލާ ފާސްކުރަން ދެވޭއިރަށް އެފަދަ މީހުންނަށް ފިލަން ވަގުތު ލިބޭނެ ކަމަށް މިނިސްޓަރު އޮޅުންފިލުވާދެއްވި އެވެ. މިނިސްޓްރީގެ އިދާރާތަކަށް ތަންތަން ބަލާ ފާސްކުރެވޭނީ ކޯޓު އަމުރުގެ ދަށުން ނެވެ.

ކާބޯތަކެތީގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ 1 މިލިޔަން ރުފިޔާ ކަމުގައި ހެލްތް މިނިސްޓަރު މައުލޫމާތު ދެއްވާފައި ވެއެވެ. އާންމު ސިއްހަތުގެ ގާނޫނާއި ހިލާފުވެގެން ފާއިތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 1579 ތަނެއް ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.

ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ