ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައިވަނީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އެވެ.
ބި ބިލު ފާސް ކުރަން މަޖިލީހަށް ފެނޭތޯ ބެލުމަށް މިއަދު ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ. މި ވޯޓުގައި ބައިވެރި މެންބަރުންގެ ތެރެއިން 67 މެންބަރުން ވަނީ މި ބިލު ފާސް ކުރަން ފެންނަކަމަށް ވޯޓު ދީފަ އެވެ. 10 މެންބަރުން ވަނީ ފާސް ކުރަން ނުފެންނަކަމަށް ވޯޓު ދީފަ އެވެ.
މި ބިލު ދިރާސާކޮށްފައި ވަނީ ގައުމީ ތަރައްގީގާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ރާއްޖޭގެ ބިމުގެ ބޭނުން ހިފޭނެ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި ބިނާވެށީގެ ޕްލޭންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްގީގެ މަސައްކަތްތައް މޮނިޓާކޮށް ފިޔަވަޅުއެޅުމާބެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.
މި ބިލުގައި ބުނެފައިވާގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހުރިއްޔާއެެ. އަދި މި ސިޔާސަތު ކަނޑައަޅައި އާންމުކުރަންޖެހެ އެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް ގެޒެޓުގައި ޝާއިރުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.