ޕީޖީ ޝަމީމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.

މިއަދު ވަނީ މިމައްސަލައިގައި ޝަމީމް ޖަވާބުދާރީ ވުމަށް ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ. އަދި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

މިއަދު ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ ޝަމީމް މަގާމުން ވަކިކުރުމަށް ނިންމާފަ އެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާތައް ފައިލް ކުރުން، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް އެމްޑީޕީން ނިންމުމުން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، ބަނގުރަލުގެ މައްސަލަތަކުގައި ދައުވާ ނުކޮށް ދޫކޮށްލުމުގެ މައްސަލައާއި ޕީޖީ ޝަމީމް ބަނގުރާ ފުޅިއެއް އިންސްޓަގްރާމްގައި ޕޯސްޓްކުރި މައްސަލަ، ޕީޖީ އޮފީހުގެ މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭ މައްސަލައާއި އަލަމްގީރު މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން ފާހަގަ ކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) ޖުޑީޝަރީ ކޮމެޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ