އެކުވެރި ދައުލަތްތައް (އދ) ގެ ސަލާމަތީ މަޖިލީހުގައި ”ސުލްހަ މަސަލަސްކަން ގާއިމުކުރުން އަދި ދެމެހެއްޓުން“ ގެ މައުޟޫއުއާ ގުޅިގެން ރާއްޖެ އިން އިއްޔެ ބަޔާން ދީފި އެވެ.
އެ ބަޔާން ދީފައިވަނީ ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެޒެންޓޭޓިވް އެމްބެސެޑަރ ޝިރުޒަމަތް ސަމީރު އެވެ.
މި ހިތާބުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުން އަދި ދެމެހެއްޓުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅިފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
ހަމައެއާއެކު، މިވަގުތު ފަލަސްތީނުގައި ހިނގަމުންދާ ގަތުލުޢާންމު ވަގުތުން ހުއްޓުމަކަށް ގެނައުމަށް ގޮވާލާފައިވެ އެވެ.
ސުލްހަ މަސަލަސްކަން ހާސިލްކުރެވޭނީ އެކުއެކީ މަސައްކަތްކޮށްގެން ކަން ރާއްޖެއިން ފާހަގަކޮށްފައިވެ އެވެ.