29 އަހަރު ތެރޭ ސަރުކާރު ހޮސްޕިޓަލްތަކުގައި އިތުރުވީ 130 އެނދު

Advertisement

Advertisement

އެންމެ ފަސް

Advertisement

29 އަހަރު ތެރޭ ސަރުކާރު ހޮސްޕިޓަލްތަކުގައި އިތުރުވީ 130 އެނދު ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ރައްޒާގްއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެެވެ. އޭނާއަށް ލިބިވަޑައިގެންފަައިވާ ތަޖުރިބާގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކަންކަމާ ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އަބްދުއްރައްޒާގު ވަނީ ސަރުކާރުގެ ހޮސްޕިޓަލްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފ އެވެ. އެކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައިވެ އެވެ.

ސީއީއޯ ފާހަގަކުރެއްވި ގޮތުގައި 1995 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑިމޮގްރަފީއަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އާބާދީގެ ބޭނުންތައް ފުއްދައިދިނުމަށް އެނދުގެ އަދަދު އިތުރުކޮށްފައި ނުވާ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި 1995 ވަނަ އަހަރު 186 އެނދު ހުރިއިރު، މާލެ ސިޓީ، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްތަކުގެ މިހާރުގެ އެނދުގެ އަދަދަކީ 316 އެވެ.

އަބްދުއްރައްޒާގު ހާމަކުރެއްވި ގޮތުގައި އެނދު ނެތުމުގެ ސަބަބުން ބަލިމީހުންނަށް އެމަޖެންސީ ރޫމްގައި ފަރުވާ ދޭންޖެހޭ އެތައް ހާލަތެއް މެދުވެރިވެފައިވެ އެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވަމުން އަބްދުއްރައްޒާގު ވިދާޅުވީ މިއަހަރު ނިމޭއިރު އައިޖީއެމްއެޗަށް އިތުރު 70 އެނދު ގެނެވޭނެ ކަމަށެވެ. ވިލިމާލޭގައި މިހާރު ހިނގަމުންދާ ހޮސްޕިޓަލް ތަރައްގީއަށް އަލިއަޅުވާލައްވަމުން އޭނާ ވަނީ އަންނަ އަހަރު ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އައިޖީއެމްއެޗް އަޕްގްރޭޑްކޮށް ކެންސަރު ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަޝްރޫއުގެ ސަބަބުން އެނދުގެ އަދަދު 650 އަށް އިތުރުވެގެންދާނެ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގެ ގޯތިތެރޭގައިވެސް އިތުރު އިމާރާތެއް ގާއިމުކުރުމަށް ރާވާފައިވާކަންވެސް ސީއީއޯ ވަނީ ހާމަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް އައިޖީއެމްއެޗް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ