ރާއްޖޭގައި ސްޕޯޓްސް ފިޝިންއަށް 5 ސަރަހައްދެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މިނޫސްވެރިންގެ ބައްދަލުވުންއޮތީ ދިިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގަ އެވެ.
މިއީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝަނަލް ފިޝިން ކޮމިއުނިޓީއަށް ވެސް ބޭނުންވާ ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުވެގެން ދާނެ ކަމަށާއި، އަދި ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން އިތުރު ވަޒީފާތަކާއި ވިޔަފާރި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މިއީ މަސްވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވަޒީރު އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް