ޝަމީމް ހާޒިރުކުރި ކޮމިޓީ ސިއްރު ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީ ވުމަށް ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ޝަމީމް ޖަވާބުދާރީ ވުމަށް ބާއްވާ ކޮމިޓީ ސިއްރު ކުރުމަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

ކޮމިޓީ ސިއްރުކުރަން ހުށަހެޅީ ތުހުމަތުކުރެވޭ ބައެއް މައްސަލަތަކުގެ ތެރޭގައި ބައެއް މީހުންގެ ޒާތީ މައުލޫމާތުތައް ހިމެނޭ ކަމަށް ބުނެ އެވެ.

ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާތައް ފައިލް ކުރުން، ޕީޖީގެ މަގާމުން ޝަމީމް ވަކިކުރުމަށް އެމްޑީޕީން ނިންމުމުން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، ބަނގުރަލުގެ މައްސަލަތަކުގައި ދައުވާ ނުކޮށް ދޫކޮށްލުމުގެ މައްސަލައާއި ޕީޖީ ޝަމީމް ބަނގުރާ ފުޅިއެއް އިންސްޓަގްރާމްގައި ޕޯސްޓްކުރި މައްސަލަ، ޕީޖީ އޮފީހުގެ މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅޭ މައްސަލައާއި އަލަމްގީރު މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން ފާހަގަ ކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޖުޑީޝަރީ ކޮމެޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ