ކާބޯތަކެތީގެ ހިދުމަތްދޭ 1،500 ތަނެއް ބަލާ، 14 ތަނެއް ބަންދު ކުރިން: ހެލްތް މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް، ކާބޯތަކެތީގެ ހިދުމަތްދޭ 1،579 ތަނެއް ބަލާ ފާސްކޮށް، 14 ތަނެއް ބަންދުކޮށްފައިވާކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ ހެލްތް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ހަލީލް ވިދާޅުވީ ބަލާ ފާސް ކުރެވުނު 1،579 ތަނަކީ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ކަމަށެވެ. އަދި ބަންދު ކުރި 14 ތަނަކީ ގާނޫނާއި ގަވައިދާ ހިލާފަށް އެތަންތަނުގެ މިންގަނޑުތައް ހުރުމުން ބަންދު ކުރި ތަންތަންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑު މި ދަންނަވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނުގެ ވާހަކަ. ގާނޫނު އޮތް ގޮތުން ރަޖިސްޓްރީކޮށްފަ ހުންނަ ތަންތަނަށް ވަދެވޭ ގޮތަށް މި އޮންނަނީ. އެހެންވީމަ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނުގެ ތެރެއިން 1،579 ތަނެއް ބަލާ ފާސް ކުރުމަށް ފަހުގައި، ގާނޫނާ ހިލާފަށް، ހެދިފައިވާ ގަވައިދުތަކާ ހިލާފަށް، އެތަންތަނުގެ މިންގަނޑުތައް ހުރުމުން 14 ތަނެއް ބަންދު ކުރެވުނު.

މިނިސްޓަރު ވިދާޅުވީ ބަންދު ކުރެވުނު 14 ތަނުގެ ތެރެއިން ގާނޫނާއި ގަވައިދުގެ ތެރެއަށް ފައްތާ، 13 ތަނެއް އަލުން ހުޅުވާފައިވާ ކަމަށެވެ. އަދި މިހާރު ނުހުޅުވި ހުރީ އެންމެ ތަނެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހެލްތް މިނިސްޓްރީއަށް ލިބިފައިވަނީ 136 ޝަކުވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ