ވަގުތީ ގޮތުން އުޅަނދު ޕާކުކުރުމަށް ހަމަޖެއްސި ބިން ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ބެހެއްޓުމަށް ހާއްސަ ބިމެއް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަވާލުކޮށްފި އެވެ.

އެޗްޑީސީ އިން މި ބިން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަވާލުކުރީ ގްރޭޓަރ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ބެހެެއްޓުމަށްޓަކަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބިމާއި ހަވާލުވެވަޑައިގެންފައި ވަނީ މިނިސްޓަރ މުހައްމަދު އަމީން އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ބިން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

 މި ބިމުގެ ބޮޑުމިނަކީ 42،132.05 އަކަފޫޓެވެ. މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އެ އުޅަނދެއް 6 މަސްދުވަހުގެ ތެރޭގައި ގެންދަންޖެހޭނެ އެވެ.

މި ބިމުގައި އުޅަނދު ބަހައްޓާނެ ގޮތުގެ އުސޫލާއި ބިން ހުޅުވާލާނެ ތާރީހެއް މިނިސްޓްރީން ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

މިއީ މާލެފަހި ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ހިންގޭ މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ އަދަދު މަދުވެ، މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.

 

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ