ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕީސީބީން މިއަދު ވަނީ ޑިވެލޮޕްމެންޓް ބޭންކްގެ ބޯޑަށް އައްޔަންކުރެއްވި ތިން ބޭފުޅުންގެ ނަންތައް އިއުލާންކޮށްފަ އެވެ.
ބޯޑަށް މިއަދު އައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ:
- އަހްމަދު އަލީ، ދިވެހިރާއްޖެ
- ސައީދު އަބްދުއްނާސިރު ބިން ސާއިދު ހަސަން އަލް ޖުނައިދް، ސިންގަރޫޕް
- ރޮބަރޓް ޑެނިލް ކާންޓް، އިނގިރޭސިވިލާތް
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހު އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަސައްކަތްތަކަށް އިންވެސްޓް ކުރުމަށް ދައުލަތުގެ ސިޔާސަތުތަކާ އެއްގޮތަށް ގާއިމްކުރާ ބޭންކެކެވެ. މި ބޭންކުން ސަރުކާރުން އިސްނަގައިގެން ހިންގާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ވެސް ފައިސާ ހޯދުމަށް ހަމަޖެހިފައި ވެއެވެ. އަދި ސިންޑިކޭޝަން ފައިނޭންސިން މެދުވެރިކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ވެސް ސަރުކާރުން އަމާޒު ހިފާފައި ވެއެވެ