ޑޮލަރު ރިޒާވް ހުސްވެއްޖެކަމަށް ދައްކަމުންދާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގު ކުރައްވައިފި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ”ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެއްޖެ“ކަމަށް އަދަދު އޮންލައިންގައި މިއަދު ޝާއިރުކުރި ހަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ހަބަރެއް ކަމަށެވެ.
މި ހަބަރުގެ އިތުރުންވެސް ބައެއް ފަރާތްތަކުން ވަނީ ބޭނުން ކުރެވޭ ރިޒާވް ހުސްވެއްޖެކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދައްކާފަ އެވެ.
ތެލާއި ކާޑުގެ ބާވަތްތަކާއި އަދި ޒަރޫރީ ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް ރާއްޖެ އިން މަހެއްގެ މައްޗަށް 70 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުން ވެއެވެ. މި އަދަދަކީ ޔޫޒަބަލް ރިޒާވް އިން ކަވަރު ކުރެވޭ އަދަދެކެވެ.