އެމްޓީސީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީބީސީ) އިން މިއަދު ބުނީ އެމްޓީސީސީގެ އެމްޑީކަމުން ޒިޔާދު ވަކިކޮށް އެ މަގާމަށް ސައުދީ އައްޔަންކޮށްފައިވާ ކަމަށެވެ.
މައުލޫމަތު ލިބޭ ގޮތުގައި އޭނާ މި މަގާމުން ވަކިކޮށްފައިވަނީ އެދެވޭ ގޮތެއްގައި ޕާފޯމެންސް ނުދެއްކޭތީ އެވެ.
އެމްޓީސީސީއަށް ޒިޔާދު އައްޔަންކުރީ 28 ނޮވެމްބަރު 2023ގަ އެވެ.
އެމްޓީސީސީގެ އެމްޑީކަމުން ވަކިކުރުމަށްފަހު ޒިޔާދު ދެން އައްޔަން ކުރައްވާނީ ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ކަމަށް މައުލޫމަތު ލިބެ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)