ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމާފައިވަނީ ރާއްޖޭގެ މާލީ ހާލަތަށްވެސް އެކަމުގެ ރަނގަޅު އަސަރު ކުރާނެތީކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާލީ ގޮތުން އުނދަގޫ ހާލަތެއް އޮތް ވަގުތެއްގައި އާމްދަނީ އިތުރު ކުރުމަށްޓަކައި އަދި ވަކިން ހާއްސަކޮށް ސިންދަފާތު ކުރުމަށްޓަކައި ލޭނު މަސްވެރިކަން ކުރުމަކީ ވަރަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށެވެ.
ލޭނު މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން މަސްވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ހޯދާފައިވާނެ ކަމަށާއި މީގެ ކުރިން ލޭނު މަސްވެރިކަން ކުރުން ހުއްޓާލުމަށް ނިންމި އިރު ހުރި ކަންބޮޑުވުންތައް އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު ހައްލު ކުރެވިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
— އިތުރު ތަފްސީލް އަންނަނީ —
މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް