ޝަރުއީ ދާއިރާ އޮތީ އިދާރީ ގޮންޖެހުންތައް ހައްލުކުރަން ހާއްސަ މަސައްކަތް ކުރަންޖެހޭ ހިސާބުގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޝަރުއީ ދާއިރާ އޮތީ އިދާރީ ގޮންޖެހުންތައް ހައްލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ހާލަތުގައި ކަމަށް ބާކައުންސިލްގެ މެންބަރު އަދި ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ޒާކިރް ވަނީ ޝަރީއަތްތައް ދިގުލައިގެންދާ މައްސަލަތަކުގައި އާންމުންގެ ކަންބޮޑުވުން އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެއެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބާކައުންސިލްގެ މެންބަރު މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާގައި މައްސަލަތައް ލަސްވުމުގެ މައްސަލަ އަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް ޝަރުއީ ދާއިރާ، ވަކީލުން އަދި ބަންޑާރަނައިބު ގުޅިގެން މަސައްކަތް ކުރަންޖެހޭ ވަރަށް ކުރެވޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މުއިއްޒު ވަނީ ކްރިމިނަލް ކޯޓަށް ދިމާވި ޖާގައިގެ ދަތިކަމުގެ މައްސަލަ ފާހަގަކޮށް އެ މައްސަލައަށް ވަރަށް ދުވަސްވިކަން ފާހަގަކޮށްފަ އެވެ. އެ ކޯޓުގެ މައްސަލަތައް ރަނގަޅަށް ހިނގަންފެށީ ވަރަށް ފަހުން ލިބުނު ވަގުތީ ޖާގައަކާއެކުކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ސިވިލް ކޯޓުގައި ފަނޑިޔާރުން ތިއްބެވިއިރު މައްސަލަތައް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާހަގަކުރައްވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެކަމުގައި ތަފާތު ސަބަބުތައް ހުރިކަމަށާއި އެއްކަމަކީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުނީ ވަރަށް ފަހުން ކަމަށް ވުމެވެ. އަދި އެ ގާނޫނަކީ އެއާއެކު ހިނގައިގަންނަން އެހާ ފަސޭހަ ގާނޫނަކަށް ނުވާ ކަމަށާއި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި ވަސީލަތްތައް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ އަދުލުއިންސާފު ގާއިމު ކުރުމުގެ ހާލަތު އޮތީ ބަންޑާރަނައިބު، އަދުލުއިންސާފު ގާއިމުކުރާ ދާއިރާ އަދި ވަކީލުންނާ ބައިވެރިވެގެން އިދާރީގޮތުން މިހުރި ގޮންޖެހުންތައް ހައްލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ހިސާބުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ބާ ކައުންސިލް ޖުޑީޝަރީ ކޮމެޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ