ދައުރުވަމުން ދަނީ އަރްފާތްގެ އުފެއްދުންތައް ވިއްކާ ތަންތަނުގެ ފޭކް ލިސްޓެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އަރްފާތްގެ އުފެއްދުންތައް ވިއްކާ ތަންތަނުގެ ފޭކް ލިސްޓެއް ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ، މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.

ޝައްމާން މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެމީހުންގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފިހާރަތަކުގެ ލިސްޓަކީ ފޭކް ލިސްޓެއް ކަމަށް އިއުލާންކޮށްފަ އެވެ.

ހައްޔަރުކޮށްފައިވާ އަރަފާތު ހުސައިން ބުޅަލުގެ މަހުން އުފައްދާ ކާބޯތަކެތި ވިއްކާ ކަމަށް ބުނާ ވިހި ފިހާރައެއްގެ ލިސްޓެއް މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އާންމުންގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފަ އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެއީ ފޭކް ލިސްޓެއް ކަމަށް ބުނެފަ އެވެ.

ލިސްޓްކޮށްފައިވާ އެއްވެސް އައުޓްލެޓެއްގެ އުފެއްދުންތައް ކާފައިވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ދައުރުވަމުންދިޔަ ފޭކް ލިސްޓު ޕޯސްޓުކޮށްފައިވާ ފަރާތުން އެދިފައިވެ އެވެ.

ޝައްމާން މިގޮތަށް ވިދާޅުވީ އެކްސް ހޭންޑްލްއެއްގައި ލިޔެފައިވާ ޕޯސްޓަކަށް ރައްދުދެއްވަމުން ނެވެ. އެ ޕޯސްޓުގައި ވަނީ އަރްފާތް، އިމިގްރޭޝަންގެ އޮފިސަރުންތަކަކަށް ފައިސާ ދައްކާފައިވާތީ އޭނާ ދޫކޮށްލާނެ ކަމަށް އަރްފާތް ބުނެފައިވާ ކަމަށް ބުނެފަ އެވެ.

އެ ޕޯސްޓަށް ރައްދު ދެއްވަމުން ޝައްމާން ވަނީ އެ ތުހަމަތު ދޮގުކުރައްވާފަ އެވެ. އަދި އެބިދޭސީ މީހާ ދޫނުކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފުލުހުން ބުނީ ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އަރްފާތް ހޮސެން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރު އެވެ. އޭނާ ފެނިފައިވަނީ މާލެއިން ކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އަރްފާތު ހޮސެން ހޯދަން އިމިގްރޭޝަނުން އިއުލާންކުރީ އިއްޔެ އެވެ.

ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުން ދައްކާ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީގައި ހުންނަ ޕާކިން ޒޯނުގައި އަރްފާތާއި އާންމު މީހަކު ސުވާލުކޮށްފައިވެ އެވެ. ވީޑިއޯގައި ޕްލާސްޓިކް ކޮތަޅު ހިފައިގެން ޕާކިން ޒޯނުގައި ހުންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެ ކޮތަޅަށް ބުޅާ އަޅައިގެން ގެއަށް ގެންދިއުމަށް ބޭނުން ކުރާ ކަމަށެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި ޝާއިއުކުރި ފަރާތުން ވެސް އަރްފާތު ދިރިއުޅޭ ގޭގެ ބޭރުން ނަގާފައިވާ ކްލިޕްތައް ދައްކާފައިވާއިރު، އެ ސަރަހައްދުން ބުޅަލުގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް އަވަށްޓެރިން ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ