ބާ ކައުންސިލުން ބަންޑާރަ ނައިބު އުނި ކުރަން ހުށަހެޅި އިސްލާހަށް ބާކައުންސިލުން ތާއީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ބާކައުންސިލުން ބަންޑާރަނައިބު އުނި ކުރަން ހުށަހެޅި އިސްލާހަށް އިއުތިރާޒު ނުކުރާކަން ބާކައުންސިލުން ހާމަކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު އެވެ.

މި އިސްލާހުގައި ވަނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ބަންޑާރަ ނައިބުގެ ނަން އުނިކުރުމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި ބިލު ދިރާސާ ކުރުމަށް މަޝްވަރާ ކުރުމަށް ބާކައުންސިލް ހާޒިރުކޮށްފަ އެވެ. ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބާކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވީ މި އިސްލާޙު ބަންޑާރަ ނައިބުގެ ފަރާތުން ބާ ކައުންސިލާއި ހިއްސާކުރެއްވި ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން އިސްލާހުގައި ހިމެނޭ ދެ އިސްލާހު ގެނައުމަށް ބާ ކައުންސިލްގެ އިއުތިރާޒު ނެތްކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ސިރާޖު ވިދާޅުވީ ބާ ކައުންސިލްގެ އެކްސްކޯގައިވެސް ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތްކުރައްވާ ބައެއް ވަކީލުން ތިއްބަވާ ކަމަށާއި އެހެންކަމުން ބަންޑާރަ ނައިބު ހިމެނޭ ބައްދަލުވުމެއްގައި އެ މެންބަރަށް މިނިވަންކަމާއެކު ހިޔާލުފާޅުކުރުމަށް ދަތިވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ މަސްއޫލިޔަތުތަކާހެދި ބާކައުންސިލްގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަތިތައް ކުރިމަތިވާކަންވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބާކައުންސިލްގެ އެކްސްކޯއިން އޭޖީ ވަކިކުރުމަށް ހުށަހަޅާފައިވާއިރު ދެން ހުށަހަޅާފައިވަނީ ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރުގެ ޤައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިރައްޔިތުންނަށް ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށެވެ.

ބަންޑާރަ ނައިބުގެ އޮފިސް ބަންޑާރަ ނައިބް އަހުމަދު އުޝާމް ބާ ކައުންސިލް ޖުޑީޝަރީ ކޮމެޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ