ރޭ ރާއްޖޭގެ އެކި ހިސާބަށް ކުރި ވިއްސާރައިގައި 69 ގެއަކަށް ފެން ވަދެ ގެއްލުން ވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑިއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޖުމުލަ ހަތަރު ރަށަކުން 69 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށެވެ.
ފެންވަދެ ގެއްލުން ވެފައިވަނީ ހއ. ހޯރަފުށީގެ 2 ގެއަކާއި، ހދ. ކުޅުދުއްފުށީގެ 57 ގެއަކާއި، ށ. ފީވަކު 5 ގެއެއްގެ އިތުރުން ށ. ނޫމަރާގެ 5 ގެއެކެވެ.
މީގެ އިތުރުން ކުޅުދުއްފުށީ 3 ގެއަކުން މީހުން ބަދަލުކޮށްފައިވާކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވުން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)