ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 7 މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި މި 7 މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
މި 7 މީހުންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ބުނެ އެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)