ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ ހެލިކޮޕްޓަރު އަދި ވާޓިޕޯޓް އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝެޓޯ ޑަބްލިއުސީ އާއި އަބޫދާބީގެ ވިންގްސް ކެޕިޓަލް މެނޭޖްމަންޓާ އެވެ. މި ދެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިންނެވެ. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 20 އަހަރުގެ މުއްދަތަކަށެވެ.

މިއީ ރާއްޖޭގެ އެކި ރަށްތައް ގުޅާލާ ފަތުރުވެރިކަން ކުރިއަރުވާ މެޑިކަލް އިވެކުއޭޝަންތަކަށް ނަގާ ވަގުތު މަދު ކުރުމަށް ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމެކެވެ. ދުބާއީގައި ވަރޓިޕޯޓް އޮޕަރޭޝަންތައް ހިންގާ އެއާ ޝެޓޯއިން ރާވާފައި ވަނީ ވަރޓިޕޯޓްތަކާއި ޑްރޯންޕޯޓްތަކުގެ ނެޓްވޯކެއް ތަރައްގީކޮށް، ޖަޒީރާތަކުގެ މެދުގައި ދަތުރުކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރުމަށެވެ.

މި މަޝްރޫއު ހިންގުމަށްޓަކައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން ވާނީ ޑޮމެސްޓިކް އެއާޕޯޓް އޮޕަރޭޝަންތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ފަރާތްކަމުގަ އެވެ. މި މަޝްރޫގެ ދަށުން އެއާޝެޓޯއިން ރާއްޖޭގެ 1200 އަށް ވުރެ ގިނަ ރަށްތައް ގުޅުވައިދޭ ވާޓިޕޯޓާއި ޑްރޯންޕޯޓްގެ ނެޓްވޯކެއް ތަރައްގީ ކުރާނެ އެވެ.

އާރްއޭސީއެލްގެ އެމްޑީ އަހުމަދު މުބީން ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަށް އެއާޕޯޓް މިހާރުވެސް ހިންގާއިރު، ސަރުކާރުގެ ވިސްނުން ހުރީ މި އަދަދު 15 އަށް ފުޅާކުރުމަށް ކަމަށެވެ.

މި ތަފާތު ފުރުސަތަކީ އޭވިއޭޝަން ދާއިރާގެ އިންވެސްޓަރުންނަށް އޯޑިއަލް ޕާޓްނަރެއްގެ ގޮތުގައި އަޅުގަނޑުމެން ޕޮޒިޝަން ކޮށްދޭ ފުރުސަތެއް. މި ވިސްނުން ވިންގްސް ކެޕިޓަލް މެނޭޖްމަންޓާއި އެއާ ޝެޓޯ ފަދަ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރެވޭ ކުންފުނިތަކާއެކު ގާއިމް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް

މި މަޝްރޫއަކީ ”ޕްރޮޖެކްޓް އެލެވޭޓް މޯލްޑިވްސް“ގެ ނަމުން ނަން ދީފައިވާ މަޝްރޫއެކެވެ. މިއީ ޔޫއެންގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތަކާއި ކާބަން ކްރެޑިޓްތަކާ އެއްގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ