ބެއިޖިން ނޯމަލް ޔުނިވާސިޓީ އިން ދިވެހިންނަށް ހުރި ފުރުސަތުތަކާއި މެދު މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބެއިޖިން ނޯމަލް ޔުނިވާސިޓީ އިން ދިވެހިންނަށް ހުރި ފުރުސަތުތަކާއި މެދު މަޝްވަރާކޮށްފި އެވެ.

މިކަމުގެ މަޝްވަރާކޮށްފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ މިހާރު ޗައިނާގެ ބެއިޖިން ލޯމަލް ޔުނިވާސިޓީގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން ނެވެ.

ބެއިޖިން ނޯމަލް ޔުނިވާސިޓީގައި ބޭއްވުނު މި ބައްދަލުވުމަކީ ދިވެހި ދަރިވަރުންނަށް އެ ޔުނިވާސިޓީ އިން މަތީ ތަޢުލީމުގެ ހާޞިލުކުރުމުގެ ފުރުސަތުތަށް ފަހިކޮއްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި އެކަމަނާގެ ޕީއޭ، ވަނީ ބައިވެރިވެވަޑައިނެވިއެވެ. އަދި ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ޕްރެޒިޑެންޓް، ޕްރޮފެސަރ، ޔޫ ޖިއޮންގް، ވައިސް ޕްރެޒިޑެންޓް، ޕްރޮފެސަރ، ޖޯ ޒުއޮޔުގެ އިތުރުން އެ ޔުނިވާސިޓީގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިނެވި އެވެ.

މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން މައުލޫމާތުދީފައި ވެއެވެ.

މިނިސްޓަރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންނަނީ ބޭރުގެ އެކި އެކި ޔުނިވާސިޓީތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުސަތު ފަހިކޮއްދިނުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ވުޒާރާއިން ބުނެފައި ވެއެވެ.

މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ