ލާމަރުކަޒީ ގާނޫނު އެކުލަވާލުމުގައި އެންމެ މުހިންމު މަސައްކަތް ކުރި ބޭފުޅުންނާއި މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ލާމަރުކަޒީ ގާނޫނު އެކުލަވާ ލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެމަނިކުފާނުގެ މިބައްދަލުކުރެއް ވުމަކީ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިމަސައްކަތް މީގެ ކުރިން ކޮށްދެއްވި ބޭފުޅުން އެކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އަދި ވަޒީރު ވަނީ އެފަދަ މަސަައްކަތަތްކެއް ކޮށްދެއްވުމަށް މިހާރުވެސް އެބޭފުޅުން ތައްޔަރަށް ތިއްބެވިކަން ފާހަގަކުރަައްވައި އެފަރާތްތަކަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ހާއްސަ ޝުކުރެއްވެސް ދަންނަވާފަ އެވެ.

މިއަދުގެ މިމަޝްވަރާ ބައްދަލުވުމުގައި ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް ގެނައުމުގެ ކުރިން މިފަދަ މަސައްކަތް ތައް މީގެކުރިން ކުރެއްވެވި އެފަދަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އާއި ތަޖުރިބާ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެފަދަ ބޭފުޅުންގެ ލަފާ ވަރަށް މުހިންމުވާނެ ކަން ވެސް މިނިސްޓަރ ފާހަގކުރެއްވުމަށް ފަހު ވިދާޅުވީ ކުރިއަށް އޮތްތާގައި އެބޭފުޅުންނާއި އެކު އިތުރުމަޝްވަރާ ބައްދަކުވުމެއް ކުރިއަށް ގެންދަވާނެ ކަަމަށެވެ.

”އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތުގައި އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ އަދި ވަރަށް ބޮޑު އުއްމީދެއް އާވެގެން ދިޔަކަމެއް ތިޔަ ހުރިހާ ބޭފުޅުންނަކީ ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާ ފުޅާއި އިރުޝާދާއި އެކުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ ތަޖްރިބާއާއި ދަސްކުރެއްވި ކަންތައްތަކުގެ އަލީގައި ލާމަރުކަޒީ ނިޒާމަށް ވަރަށް ހެޔޮބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮތް ބޭފުޅުން ތަކެއްކަން މިހާރުގެ ރައީސުލްޖުމުހުރިއްޔާ ކުރީގެ ސިޓީ ކައުންސިލް މޭޔަރު ފާހަގަކުރެއްވެވީ ވަރަށް ހަރުދަނާ ބޭފޫޅުންތަކެއް ކަމަށް ތިޔަ ބޭފުޅުންނަކީ“ މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ލާމަރުކަޒީ ނިޒާމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ