އަރްފާތު ދޫނުކުރާނެ ކަމުގެ ޔަގީންކަން ދެން: ޝައްމާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ބުޅާ މަސް ވިއްކި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ، އަރްފާތް ހުސައިން ދޫނުކުރާނެ ކަމުގެ ޔަގީންކަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ދެއްވައިފި އެވެ.

ޝައްމާން މިގޮތަށް ވިދާޅުވީ އެކްސް ހޭންޑްލްއެއްގައި ލިޔެފައިވާ ޕޯސްޓަކަށް ރައްދުދެއްވަމުން ނެވެ. އެ ޕޯސްޓުގައި ވަނީ އަރްފާތް، އިމިގްރޭޝަންގެ އޮފިސަރުންތަކަކަށް ފައިސާ ދައްކާފައިވާތީ އޭނާ ދޫކޮށްލާނެ ކަމަށް އަރްފާތް ބުނެފައިވާ ކަމަށް ބުނެފަ އެވެ.

އެ ޕޯސްޓަށް ރައްދު ދެއްވަމުން ޝައްމާން ވަނީ އެ ތުހަމަތު ދޮގުކުރައްވާފަ އެވެ. އަދި އެބިދޭސީ މީހާ ދޫނުކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ފުލުހުން ބުނީ ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އަރްފާތް ހޮސެން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 10:32، އެހާކަށްހާއިރު ކަމަށެވެ. އޭނާ ފެނިފައިވަނީ މާލެއިން ކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އަރްފާތު ހޮސެން ހޯދަން އިމިގްރޭޝަނުން އިއުލާންކުރީ އިއްޔެ އެވެ.

ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުން ދައްކާ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީގައި ހުންނަ ޕާކިން ޒޯނުގައި އަރްފާތާއި އާންމު މީހަކު ސުވާލުކޮށްފައިވެ އެވެ. ވީޑިއޯގައި ޕްލާސްޓިކް ކޮތަޅު ހިފައިގެން ޕާކިން ޒޯނުގައި ހުންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެ ކޮތަޅަށް ބުޅާ އަޅައިގެން ގެއަށް ގެންދިއުމަށް ބޭނުން ކުރާ ކަމަށެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި ޝާއިއުކުރި ފަރާތުން ވެސް އަރްފާތު ދިރިއުޅޭ ގޭގެ ބޭރުން ނަގާފައިވާ ކްލިޕްތައް ދައްކާފައިވާއިރު، އެ ސަރަހައްދުން ބުޅަލުގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް އަވަށްޓެރިން ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ