ކޮވިޑް ދުވަސްވަރު ޕީސީއާރް ޓެސްޓު ހެދުމުގެ ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ މައްސަލައެއްގައި އައިޖީއެމްއެޗްގ ކުރީގެެ ތިން ވެރިއެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ދައުވާ ކުރަން ފޮނުވާފައިވަނީ ކޮވިޑް ދުވަސްވަރު އައިޖީއެމްއެޗްގެ އައިޖީއެމްއެޗުގެ ޕްރޮކިއުމެންޓް ކޮމިޓީގެ ޗެއާގެ މަގާމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެންބަރުކަން ކުރެއްވި ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) ގެ އިތުރުން އައިޖީއެމްއެޗްގެ ލެބޯޓްރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮވިޑް ދުވަސްވަރު ޕީސީއާރް ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބޭނުންކުރި ”ރީއެޖެންޓްސް“ ތައް އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (ޑރ. އަލީ އަބްދުﷲ ލަތީފްގެ އާރްއެމްއެލްއެސް ލެބް ސާވިސަސް) އަށް ނާޖާއިޒް މަންފާއެއް ހޯދުމަށާއި އަމިއްލައަށް ނާޖާއިޒް މަންފާއެއް ހޯދުމަށް ބޭނުން ކުރި ކަމަށެވެ.
ކޮވިޑްގެ ދުވަސްވަރު އައިޖީއެމްއެޗަށް ގެނައި ސިއްހީ ހިދުމަތް ދޭ ސާމާނުތަކެއް އަމިއްލަ ކްލިނިކްތަކަކަށް ގެންގޮސް އެތަންތަނުގައި ހިދުމަތް ދިނުމަށް ބޭނުން ކުރަމުންދާކަމަށް އޭރުވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އައިޖީއެމްއެޗް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)