ރާއްޖޭގެ އެންމެ ފުރަތަމަ އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުމަށް ސަރުކާރުން ވިސްނާފައިވޭ: ޝިމާދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އެންމެ ފުރަތަމަ އޮފްޝޯ ބަންކަރިންގެ ހިދުމަތް ފެށުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެމްޑީ އިބްރާހީމް ޝިމާދު ވިދާޅުވެއްޖެ އެވެ.

ޝިމާދު މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ އިކޮނޮމިކް ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީއާއި އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެންވާރަމެންޓް މިނިސްޓްރީ ފަދަ ސްޓޭކްހޯލަޑަރުންގެ ފަރާތުން މިކަމަށް އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

މި މަސައްކަތަށް ރާއްޖެއަށް ދެ ބޯޓެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް ޝިމާދް ވިދާޅުވި އެވެ.

”އަޅުގަނޑުމެން ފަށައިގަންނަން މި ގަސްދުކުރަނީ ދެ ބޯޓެއް ގެނެސްގެން ، އޯފްޝޯ ބަންކަރިންގެ ހިދުމަތުގެ ގޮތުގައި، ލޭންޑްގައި މަސައްކަތް ފެށުމުގެ ބަދަލުގައި ފްލޯޓާސްތައް ބަހައްޓައިގެން މަސައްކަތްތަކެއް ފެށުމަށްޓަކައި“

ލޭންޑްގައި މަސައްކަތް ފަށާނަމަ އެކަމަށް ވަރަށް ދުވަސް ނަގާނެ ކަަމަށް ޝިމާދު ވިދާޅުވި އެވެ. ދެ ވައްތަރެއްގެ ކާގޯ ގެންނަން އުޅޭ ކަމަށްވެސް ޝިމާދު ވިދާޅުވި އެވެ. އެއީ އެމްޖީއޯ މެރިން ގޭސް އޮއިލްއާއި ވީއެލްއެސްއެފް، ފިއުލް އޮއިލް ވިއްކާ ގޮތަށް ކަމަށެވެ. ކޮންމެ އުޅަނދެއްގައި ގާތްގަނޑަކަށް 4000 ޓަނުގެ ކެޕޭސިޓީ ހުންނާނެ ކަމަށް ޝިމާދު މައުލޫމާތުދެއްވި އެވެ.

މި މަސައްކަތުގައި ވިޓޯލްގެ އެހީތެރިކަން ލިބޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. މިކަމުގައި ބޭނުންވާ މާކެޓިންއާއި ރަނގަޅު ޕްރޮޑަކްޓް ފޯރުކޮށްދިނުމުގައި ވިޓޯލްއިން ބޮޑު ދައުރެއް ކުޅޭނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ޝޯ ބޭސްޑްކޮށް، ބިން ހިއްކައިގެން ބިމުގެ ތާންގީއެއް ގާއިމުކޮށްގެން، އެ ތާންގީތަކުން އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފޯރުކުރުން“

އަބަދު އޯފްޝޯ ބަންކަރިން ނުވަތަ ފްލޯޓާސް ބޭނުންކުރުމަކީ އެންމެ ފީސިބަލް ގޮތަށް ނުވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ