”ގާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ހިދުމަތް ދިނުމަށް ރައީސް ވަނީ އަންގަވާފަ“

Advertisement

Advertisement

އެންމެ ފަސް

Advertisement

ގާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށް ދާހިލީ ސަލާމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ. މިނިސްޓަރ ވަނީ ގާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ.

އޭނާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވުމުން، އެކަމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، ގާނޫނު ތަންފީޒްކުރެއްވުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ހިދުމަތް ދެވޭނެގޮތަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވާ ގޮތްކަން ފާހަގަކުރައްވާފައި ވެއެވެ. ވަޒީރު ވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަޅަމުންދާ އަވަސް ފިޔަވަޅުތަކަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އިމިގްރޭޝަނުން ދަނީ އެފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅަމުން ނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ ”އިމިގްރޭޝަން ވޮޗް“ގެ ނަމުގައި ހާއްސަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފަ އެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭ ގޮތަށް ތަޢާރަފް ކުރެވުނު މި ޕްލެޓްފޯމްގެ ތެރެއިން ކާކުކަން ނެނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓް ކުރެވޭނެ އެވެ. އިމިގްރޭޝަނުން ވިދާޅުވީ، މި ޕޯޓަލަށް މިހާތަނަށް 300 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އިމިގްރޭޝަން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ