ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަބަރަކުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއް ގާއިމު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއިއެކު މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ސިފައިންގެ އިސްވެރިންގެ އިތުރުން ފުލުހުންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
ރައްޔިތުންނަށް ދިމާވާ އިމަރޖެންސީ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ޚިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ހެލްތުން ނެވެ.
މި ހެލްޕް ލައިން ގާއިމްކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހޯމް މިނިސްޓަރު އަލީ އިހުސާން އެމްއެންޑީއެފް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް