ބަންގްލަދޭޝް މީހުން ގެންނަން ދެން ހުއްދަ ދޭނީ ބިދޭސީންގެ މައްސަލަ ހައްލުވުމުން: އިހުސާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ބަންގްލަދޭޝް މީހުން މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެއަށް ގެނައުމަށް ދެން އާންމުކޮށް ހުއްދަ ދޭނީ ބިދޭސީންގެ މައްސަލަ ހައްލުވުމުންކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ބިދޭސީން ގެންނަ ކުންފުނިތަކާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ހޯމްލޭންޑް މިނިސްޓަރު އިހްސާން ވިދާޅުވީ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ގަވައިދުގެ ތެރެއަށް ވެއްދުމާއި، ބިދޭސީންގެ ދަފްތަރެއް އަލުން އެކުލަވާލުން ފަދަ މަސައްކަތްތަކެއް ކުރިއަށްދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިހުސާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް އާންމުކޮށް ހުއްދަ ދޭނީ މި މަސައްކަތްތަކުން ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބުމުން ކަމަށެވެ.

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާކޮށްފައިވަނީ މިދިޔަ ސަރުކާރުގެ ކުރީކޮޅު އެވެ. އޭގެ ފަހުން އެ ގައުމުން މަސައްކަތްތެރިން ގެނައުން މަޑު ޖައްސާލާފައި އޮތުމަށް ފަހު މި ސަރުކާރުން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން މިދިޔަ ޑިސެމްބަރުގެ ތެރޭގައި ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް ގެނައުމަށް ހުއްދަ ދީފަ އެވެ. ނަމަވެސް މިއީ އާންމުކޮށް ހުޅުވާލައިގެން ދޭ ހުއްދައެއް ނޫނެވެ. މިކަމާ ގުޅިގެން ބިދޭސީ މަސައްކަތްތެރިން ބޭނުންވާ ބައެއް ކުންފުނިތަކުގެ ޝަކުވާތައް އެބަ ހުއްޓެވެ.

މިނިސްޓަރު އިހުސާން ވަނީ ބައެއް ކުންފުނިތަކުން ބިދޭސީން ރާއްޖެ ގެނެސް ދައުލަތަށް ދައްކަން ޖެހޭ ފީތައް ގަވައިދުން ދައްކަމުން ނުދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ބައެއް ކުންފުނިތަކުން ބިދޭސީންނަށް މުސާރަ ނުދޭކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ މުސާރަ ނުދިނުމުގެ ސަބަބުން ބިދޭސީން ގަވައިދާ ހިލާފުވުމުން އެކަމުގެ ޒިންމާ އެ ކުންފުނިތަކުންވެސް ނަގަން ޖެހޭނެ ކަމަށެވެ.

ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ ކުންފުނިތަކުގެ ވަނަވަރު އާންމު ކުރުމުން ބައެއް ކުންފުނިތަކުން އެ ފީތައް ދެއްކި ނަމަވެސް ގިނަ ކުންފުނިތަކުން އަދިވެސް އެ ފީތައް ދައްކާފައިނުވާކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ މައްސަލަ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ