ވެމްކޯއިން ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެންނަން މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީއާއިއެކު މަޝްވަރާކޮށްފި އެވެ.

ދެ ފަރާތުން މިކަމުގެ މަޝްވަރާ ކުރީ މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިސް ބޭފުޅުންގެ މެދުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން ނެވެ.

މި ބައްދަލުވުމުގައި މާލޭގައި ދުއްވާ އުޅަނދުތައް ގިނަވެ ހާއްސަކޮށް މުދާ އުފުލުމަށް ބޭނުންކުރާ ޕިކަޕް ލޮރީ ފަދަ ބޮޑެތި އުޅަނދުތަކުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައާއިމެދު ވާހަކަދައްކާފައި ވެއެވެ. މިކަމަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ދެ މުޢައްސަސާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން ހިޔާލު ބަދަލު ކުރެވުނު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން ވެމްކޯއިން މިހާރު ކުނި އުފުލާ ގަޑިތަކަށް ބަދަލު ގެނައުމުގެ އިންތިޒާމްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައި ވެއެވެ. މިކަމަކީ ސަރުކާރުން މިހާރު ފަށާފައިވާ ”މާލެފަހި“ ޕްރޮގްރާމްގެ ތެރޭގައި މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ