ބުޅާ މަހުގެ ކާއެއްޗެހި ވިއްކި މީހާ ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބުޅާ މަހުގެ ކާއެއްޗެހި ވިއްކި ބިދޭސީ މީހާ ހައްޔަރުކޮށްފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ފުލުހުން ބުނީ ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ އަރްފާތް ހޮސެން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 10:32، އެހާކަށްހާއިރު ކަމަށެވެ. އޭނާ ފެނިފައިވަނީ މާލެއިން ކަމަށްވެސް ފުލުހުން މައުލޫމާތުދިނެވެ.

މާލެ ސަރަހައްދުގައި ބުޅާ މަރާލުމާއި، ކާބޯތަކެތި ތައްޔާރުކުރުމަށް ބުޅަލުގެ މަސް ބޭނުންކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ފެތުރިފައިވާތީ، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބިދޭސީއަކު އެ މުއައްސަސާއަށް ހާޒިރުވާން އިއްޔެ އިމިގްރޭޝަނުން ނޯޓިސް ފޮނުވާފައި ވެއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އަރްފާތު ހޮސެން ހޯދަން އިމިގްރޭޝަނުން އިއުލާންކުރީ މިއަދު އެވެ.

ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުން ދައްކާ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީގައި ހުންނަ ޕާކިން ޒޯނުގައި އަރްފާތާއި އާންމު މީހަކު ސުވާލުކޮށްފައި ވެއެވެ. ވީޑިއޯގައި ޕްލާސްޓިކް ކޮތަޅު ހިފައިގެން ޕާކިން ޒޯނުގައި ހުންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެ ކޮތަޅަށް ބުޅާ އަޅައިގެން ގެއަށް ގެންދިއުމަށް ބޭނުން ކުރާ ކަމަށެވެ.

ވީޑިއޯ ސޯޝަލް މީޑިއާގައި ޝާއިއުކުރި ފަރާތުން ވެސް އަރްފާތު ދިރިއުޅޭ ގޭގެ ބޭރުން ނަގާފައިވާ ކްލިޕްތައް ދައްކާފައިވާއިރު، އެ ސަރަހައްދުން ބުޅަލުގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް އަވަށްޓެރިން ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

”އަދި އެމީހުންނަށް އަޑުއިވިފައި ވަނީ ބުޅަލުގެ ރުއިމުގެ އަޑު. މިތަނަށް ވަދެގެން [އަރުފާތުގެ ގެ ހުންނަ ގޯޅިން] ފެންނަނީ ކާބޯތަކެތި ތައްޔާރު ކުރުމަށް ހަދާފައިވާ ތަނެއް. މައްޗަށް ދާ ވެންޓިލޭޝަން ހޮޅި ޖަހާފައި ހުންނަނީ ބިދޭސީންގެ ގެއަށް،“ ވީޑިއޯގައި ވާހަކަދައްކާފައިވާ ފަރާތުން ބުނެފައި ވެއެވެ.

މީގެ އިތުރުން އަރްފާތު ކުރިން އިނގިރޭސި ބަހުން ލިޔެފައިވާ ލޯގޯ ޖަހައިގެން ބާގަރސް އާއި ސަބްމެރިން ހަދާފައިވާކަން ވެސް ވީޑިއޯގައި ފާހަގަކޮށްފައިވާއިރު، އެކަން ވީޑިއޯގައި ދައްކާފައި ވެއެވެ. ނަމަވެސް މިހާރު އޭނާ ހަދާ ކާބޯތަކެތީގައި މި ލޯގޯ ނުގެން ގުޅެ އެވެ.

”ބާގަރއާއި ސަބްމެރިން އަކީ އަހަރެމެންގެ ކުޑަކުދިންގެ ސްކޫލް އިންޓަވަލްތަކަށް ހޯދާ ތަކެތި. މިއަދު މިކަމާ ވަރަށް ކަންބޮޑުވޭ،“ ވީޑިއޯގައި ބުނެފައިވެ އެވެ.

އިއްޔެ އަރްފާތުގެ މައްސަލަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިންީ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ނެވެ.

ސަރުކާރުން ދަނީ ލިޔެކިޔުންތައް ނެތް ބިދޭސީ މަސައްކަތްތެރިންނާއި އިމިގްރޭޝަންގެ ގާނޫނުތަކާ ހިލާފުވާ އެކިއެކި މައްސަލަތަކުގައި ފިޔަވަޅު އަޅަމުން ނެވެ. އެގޮތުން، މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގިނަގިނައިން ރޭޑްތައް ހިންގާފައިވާއިރު، ސާފުތާހިރުކަން ކުޑަ ހާލަތެއްގައި ކާބޯތަކެތި ތައްޔާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.

އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ