ސްކޭމްގެ މައްސަލަ ހުއްޓުވަން ބޭންކިން ޤާނޫނު އިސްލާހުކުރަން ގޮވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްކޭމްގެ މައްސަލަ ހުއްޓުވުމަށް އިސްލާހު އަންނަންޖެހެނީ ބޭންކިން ޤާނޫނަށް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖިނާއީ އޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

”މީގެން އެނގޭ އެއްޗަކީ، މި އިސްލާހުގެ ސަބަބުން ސްކޭމްގެ މައްސަލަ ނުހުއްޓުވޭނެކަން،“

ޤާސިމް ވިދާޅުވީ މިމައްސަލަ ހައްލު ކުރެވޭނީ ބޭންކިން ޤާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި ބޭންކިން ޤާނޫނަށް އިސްލާޙު ނުގެނައިނަމަވެސް ބޭންކުގައި ހުންނަ މީހުންގެ ފައިސާ ރައްކާތެރިކޮށް ބެހެއްޓޭނެ ނިޒާމެއް ކަނޑައަޅައިގެން ކުރިއަށްދިއުމަކީ ބޭންކުގެ ޒިންމާއެއް ކަމަށެވެ.

ބޭންކުގެ ކަސްޓަމަރުންގެ ފައިސާ ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ބޭންކުގެ ޒިންމާއެއްކަން ފާހަގަކޮށް ޤާސިމް ވިދާޅުވީ މިހާރު ސްކޭމަށް ހުޅުވިފައިވާ ގޮތްތައް ބަދަލުކުރެވޭނެ ގޮތަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ. މީގެކުރިން ޗެކު ބޭނުންކޮށްގެން ފައިސާ ނަގާއިރު ސްކޭމުގެ މައްސަލަތައް ނުހިނގާކަން ޤާސިމް ފާހަގަ ކުރެއްވި އެވެ.

ސްކޭމްގެ ތެރެއިން ފައިސާ ގެއްލޭއިރު އެ ފައިސާ އަނބުރާ ހޯދުމަށް ބޭންކުތަކުން ކުރާކަމެއްވެސް ބަލަންޖެހޭ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިސްލާހުން ސްކޭމްގެ މައްސަލަ ހައްލު ނުވާކަމަށާއި އެހެންނަމަވެސް ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އިތުރަށް ވިސްނައިގެން އިސްލާހުތައް ގެންނަންޖެހޭ ކަމަށެވެ.

ޤާާސިމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤްވެސް ވަނީ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އެހެން ގައުމުތަކުގައި އަމަލުކުރެވޭ ގޮތަށް ބޭންކިން ޤާނޫނަށް އިސްލާހު ގެނައުމަށް ގޮވާލައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް ގާސިމް އިބްރާހިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ