ފުލުހުން ތެދުވެރިކަމާއެކު މަސައްކަތްކުރާނަމަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ: އަނާރާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުން ތެދުވެރިކަމާއެކު މަސައްކަތްކުރާނަމަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ އިސްލާހު ހުށަހަޅާފައިވާ މާއްދާއަކީ މިހާރުވެސް ޖުޑިޝަރީ ކޮމިޓީގައި ބަލަމުންދާ މާއްދާއެއް ކަމަށެވެ. އަދި ކޮމިޓީން މިކަންކަމަށް ރިއާޔަތް ކުރުމަށް އެދިވަޑައިގަތެވެ.

މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ފާހަގަކޮށް އަނާރާ ވިދާޅުވީ މުދަރަކީ ރައްކާތެރިކުރެވި ހިމާޔަތް ކުރެވެންޖެހޭ އެއްޗެއް ކަމަށާއި މުދަލަށް ހިޔާނާތްތެރިވެ ވައްކަންކުރާ މީހުންނަށް އެކަށީގެންވާ އަދަބު ލިބެންޖެހޭ ކަމަށެވެ. އަދި އިންސާފު ގާއިމު ކުރެވޭނީ އަވަސް މިނެއްގައި އެ އަދަބު ކަނޑައެޅިގެންކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވާކަން ފާހަގަކޮށް އަނާރާ ވިދާޅުވީ މިއީ ހައްލު ބޭނުންވާ މައްސަލައެއް ކަމަށެވެ. ކަންކަން ހައްލު ކުރެވޭނީ އެންމެނަކީވެސް އިހުލާސްތެރި ބަޔަކަށް ވެގެންކަމަށާއި ފުލުހުން ތެދުވެރިކަމާއެކު މަސައްކަތްކުރާނަމަ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.

”ފުލުހުން ތެެދުވެރިކަމާއެކު މި ޒިންމާ އަދާކުރާނަމަ މިހާރުވެސް ފުލުހުންނަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން އަދި މުސްތަގުބަލުގައިވެސް ގާނޫނުތަކުގެ ތެރެއިން ފުލުހުންނަށް ލިބިދޭ ބާރުތަކުގެ ތެރެއިން، ފުލުހުން ތެެދުވެރިކަމާ އިހުލާސްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާނަމަ ވަރަށް ގިނަ މައްސަލަތަކަށް ހައްލެއް ގޮތުގައި ވާނެ އަދި ވަރަށް ގިނަ ކުށްތައް މަދުކުރެވިގެންދާނެ މުޖުތަމައުގެ ތެރެއިން.“ އަނާރާ ވިދާޅުވިއެވެ.

މުޖުތަމައުގެ އަމަން އަމާންކަން ގާއިމުކޮށް ކުށްކުރުން މަދުކުރުވުމަކީ ފުލުހުންގެ ޒިންމާގެ ވަރަށް ބޮޑު ބައެއްކަން އަނާރާ ފާހަގަ ކުރެއްވިއެވެ.

މިހާރުވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިސްލާހެއް ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރާއިރު އަނާރާ ވަނީ އެ ކޮމިޓީން މިކަންކަމަށް ރިއާޔަތް ކުރައްވައިގެން މިހާރުގެ އިސްލާޙު ދިރާސާ ކުރެއްވުމަށް އެދިވަޑައިގެންފިއެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ