ސްކޭމް މައްސަލަތަކާ ގުޅޭ ފައިސާ ހިފެހެއްޓޭނެ އިސްލާޙުގެ ބަހުސް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްކޭމް މައްސަލަތަކާ ގުޅޭ ފައިސާ ހިފެހެއްޓޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

މި އިސްލާހުގައި ވަނީ ސްކޭމަކުން އެކައުންޓްގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާކަމަށް ފާހަގަވާނަމަ، އެ އެކައުްނޓްގައިވާ ފައސިާ އަދި ކުށްކުރުމަށް ޓްރާންސްފާ ކުރެވުނު އެކައުންޓްގައިހުރި ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަދި އެ އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި، އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް އަދި ފައިސާގެ މުއާމަލާތްކުރުން ހުއްޓުވުމުގެ އަމުރެއް ފުލުހުންގެ ހިދުމަތުން ނެރެވިދާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އެފަދަ އަމުރެއް ނެރެންވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ އޮފިސަރެއް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުން ބުނެފައިވަނީ، ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލައި ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުހުން މަޖިލީހުގައި ބުނެފައިވާކަމަށެވެ. އަދި ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން ފައިސާ ދައުރުވާ އެކައުންޓްތަކުގައި ފައިސާ ހިފެހެއްޓޭނެ ގޮތެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ފޯރުކޮށްދިނުުން ކަމަށެވެ.

އިސްލާހު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފަވަނީ ސްކޭމްގެ މައްސަލަތަކުގައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމަށް ފުރުސަތު ފަހިކޮށްދިނުމަށާއި އެ އަމުރު ނެރެން ހޭދަވާ މުއްދަތުގައި ވަގުތީ ގޮތުން ސްކޭމްގެ ކުށް ހިންގުމުގައި ހިމެނޭ އެކައުންޓްތަކުގައި ފައިސާ ހިފަހައްޓާ އޭގެ އަސްލު އޮޅުވާލިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ