ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދެކޮޅަށް ހުށާހަޅާފައިވާާް ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މާދާމާގެ ތާރީހަށެވެ. ދައުލަތުން އެދިގެން އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ދައުލަތުގެ ހެކިންނަށް ހާޒިރު ނުކުރެވޭތީ އެވެ.
މި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރި ނަމަވެސް މީގެ ކުރިން ބަލަމުންދިޔަ ވ. އާރަށުގެ މައްސަލައިގެ އަޑުއެހުން އަދި ކެންސަލްކޮށްފައި ނުވެ އެވެ. އާރަށު މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިހަފްތާގެ ބުދަ ދުވަހަށެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ބަލައިގަނެ، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތެވެ. ވ. އާރަށުގެ މައްސަލާގައި ވެސް ލީސިންގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. ހައިކޯޓުން ވަނީ އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި އާރަށު މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ގާޒީ އަލީ ނަދީމެވެ.